މާމިގިލީ ޞިއްޙީ މަރުކަޒަށް އެކްރޭ މެޝިން ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މާމިގިލީ ޞިއްޙީ މަރުކަޒަށް އެކްރޭ މެޝިން ގެންގޮސްފި

މާމިގިލީ ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތައް ފުޅާކޮށް ކުރުމަށްޓަކައި އެކްސްރޭގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެކްރޭ މެޝިން އެރަށަށް ގެންގޮސްފިއެވެ.

މާމިގިލީ ސިއްހީ މަރުކަޒުން މިހާރު ވަނީ މި ޚިދުުމަތް ވީއެންމެ އަވަސް ފުރުޞަތެއްގައި ފެށުމަށް މަސައްކަތް ފަށާފައެވެ. މިއީ މާމިގިލީގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ސިއްހީ މަރުކަޒުން ފާހަގަކުރެއެވެ.

މި މެޝިން ޞިއްޙީ މަރުކަޒަށް ގެނައުމުގައި އެހީތެރިވެ ދީފައިވަނީ އާރުޑީސީންނެވެ.

ދާދިފަހުން ހެލްތު މިނިސްޓްރީގެ އިސްވެރިންގެ ޓީމެއްވެސް ވަނީ އެރަށަށް ވަޑައިގެން އެރަށުގެ ޞިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ބަލާ އެތަނުގައި ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުވާފައެވެ.

މާމިގިލީގައި ހޮސްޕިޓަލެއް އެޅުމަށް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.

އެއީ 105 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން