ރަނގަޅު ހެޔޮލަފާ ދަރީންތަކެއް ބިނާކުރެވިގެން މެނުވީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެން ނުދާނެ: މިނިސްޓަރ އާދަމް ޝަރީފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރަނގަޅު ހެޔޮލަފާ ދަރީންތަކެއް ބިނާކުރެވިގެން މެނުވީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެން ނުދާނެ: މިނިސްޓަރ އާދަމް ޝަރީފު

ރަނގަޅު ހެޔޮލަފާ ދަރީންތަކެއް ބިނާކުރެވިގެން މެނުވީ، ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެން ނުދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ ޙިކުމަތްތެރި ޢަމަލީ ބައިވެރިޔަކީ ޢާއިލާއެއްގައި ނަމަ މަންމަ ކަމުގައެވެ.

"ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ދިރިއުޅުން ބާއްޖަވެރިކުރުމުގައި މައިމީހާގެ ވިސްނުންތެރިކަމާ މުރާލިކަމާ ހީވާގިކަން ވެގެންދަނީ އާއިލާއެއްގައި، ރަނގަޅު ދަރީންތަކެއް ބިނާކުރުމުގެ މައިގަނޑު މަސްދަރަށް" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ދަރީންނަށް މަގުދަށްކައިދީ، ދިރިއުޅުމުގައާއި، ދަރީންގެ މުސްތަޤްބަލް ބިނާކުރުމުގަ މައިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

5 އަތޮޅަކުން 59 މެންބަރުންނާއެކު މިއަދު ފެށި "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން