ވިޔަފާރި އެހީ ލޯނަށް އެދެވޭ މުއްދަތު 6 މަހަށް ކުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ވިޔަފާރި އެހީ ލޯނަށް އެދެވޭ މުއްދަތު 6 މަހަށް ކުރުކޮށްފި

އެސްޑީއެފްސީން ދޫކުރާ "ވިޔަފާރި އެހީ" ލޯނަށް އެދެވޭ ޝަރުތުތަކަށް ބަދަލުގެނެސް، މެދުކެނޑުމެއްނެތި 6 މަސްދުވަހަށް ވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް މިހާރު އެ ލޯނަށް އެދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

މީގެ ކުރިން މި ލޯނު ދޫކުރަމުން އައީ މެދުކެނޑުމެއްނެތި އެއް އަހަރު ދުވަހު ވިޔަފާރިކޮށްފައިވާ ފަރާތްތަކަށެވެ. ނަމަވެސް މި ލޯނަށް ލިބެމުންދާ ތަރުހީބާ ގުޅިގެން، ވީހާވެސް ގިނަ ފަރާތްތަކަކަށް މި ފުރުސަތު ހޯދައިދިނުމަށްޓަކައި، ލޯނަށް އެދެވޭ މުއްދަތު ކުރުކުރުމަށް ވަނީ ނިންމާފައެވެ.

ވިޔަފާރި އެހީ ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ޚާއްސަ ލޯނު ސްކީމެކެވެ.

މި ބަދަލާ އެކު، ވިޔަފާރި ފަށާތާ 6 މަސްދުވަސް ވެފައިވާ ކޮންމެ ފަރާތަކަށްވެސް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޑީއެފްސީން ފާހަގަކޮށްފައިވެއެވެ.

މިއީ ޚާއްސަކޮށް އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ.

މިއަދު އޮންލައިން