މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް: އަޙްމަދު ޝިޔާމް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް: އަޙްމަދު ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށާއި، މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއްކަމަށް އަދި މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމުގައެވެ.

ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު، ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެކެވެ.

މީގެ އިތުރުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ. މިކަމަކީ މަސްވެރިންނަށް ލިބިދެވޭ ޙައްޤުތަކާއި މަންފާތައް ފުރިހަމައަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން