މަސްވެރިކަމުގެ ދާއިރާ ތަކުގަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަސްވެރިކަމުގެ ދާއިރާ ތަކުގަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭވަޒީރު އަޙްމަދު ޝިޔާމް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރްޗަރ ސިނާޢަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ.

ބައްދަލުވުމުގައި ދެ ވަޒީރުން ޚާއްޞަ ސަމާލުކަމެއް ދެއްވީ މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ތަންފީޛުކުރެވިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށެވެ. މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާއިން އަންހެނުން ބިނާކޮށް، އެ ދާއިރާގައި އަންހެނުން އަމަލީ ގޮތުން ހަރަކާތްތެރިވުމަކީ މާލީ ގޮތުން ފުދުންތެރި އަންހެނުން ބިނާކުރުމަށާއި، އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރެކެވެ.

އާބާދީގެ ދެބައިކުޅެ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، މުޖުތަމަޢުގައި އަންހެނުންނަކީ އިޤުތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ޙާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން