ޢަދާލަތު ޕާޓީގެ މުއައްސިސުންތެރޭގަ ހިމެނިވަޑަގަންނަވާ ޑރ. ޝަހީމް އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޢަދާލަތު ޕާޓީގެ މުއައްސިސުންތެރޭގަ ހިމެނިވަޑަގަންނަވާ ޑރ. ޝަހީމް އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަނީ!

"އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ" 

މިއީ ޑރ. ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.  

ޢަދާލަތު ޕާޓީއަށް އެޕާޓީ އުފެއްދި މަޤްޞަދާއި އެއްގޮތަށް ކުރިއަށް ދެވޭނެކަމަށް ގިނަ ބައަކު ދެކެނީ އުފެއްދިރޫޙުގައި ޕާޓީ ކުރިއަށް ގެންގޮސްގެންނެވެ. އެމްޑީޕީއަކީ އިސްލާމް ދީނާއި ދެކޮޅު ޕާޓީއެއްކަމާއި އެޕާޓީން އިސްލާމް ދީނަށް ދޭނީ ގެއްލުންކަން ދިވެހި ރައްޔިތުންނަށް އަންގައިދިނުމުގައި ޢަދާލަތު ޕާޓީންވަނީ އިސްދައުރެއް އަދާކޮށްފައެވެ. ނިމިގެންދިއަ އެމްޑީޕީގެ ފުރަތަމަ 3 އަހަރަށްވުރެވެސް ގިނަ ދުވަހު އެޕާޓީގެ އިސް ގިނަ މެންބަރުން ވަނީ އެގޮތުގައި ތިއްބަވައިފައެވެ. ނަމަވެސް ފަހުން ފިކުރު ބަދަލުކުރެއްވީއެވެ. 

މިއަދު އޮންލައިން