ރައުދު އަޙްމަދު ޛިލާލްގެ އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ރައުދު އަޙްމަދު ޛިލާލްގެ އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި

ގ.އެރިޔަދޫ ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަޙްމަދު ޛިލާލްގެ ބަންދު މުއްދަތު އިތުރު 10 ދުވަހަށް އިތުރުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހ. މިޓާޒް ގޭގެ ފުރާޅު މަތިން ވެއްޓިފައި އޮތްވާ ފެނިފައިވަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޔުމުނާއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަހަރު އޭނާ ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހާޒިރުކުރުމުން، އިތުރު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިއަދު އޮންލައިން