ޑެންގީ ފަދަ މަދިރީގެ ޒަރިޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަންތައްތައް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޑެންގީ ފަދަ މަދިރީގެ ޒަރިޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަންތައްތައް

ޑެންގީ ފަދަ މަދިރީގެ ޒަރިޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަންތަކަކީ ކޮބާ؟

1.މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން. މިގޮތުން ދުވާލުގަޑީގައި ގޭތެރޭގައާއި ބޭރުގައި އުޅޭއިރު، ހަމުގައި ހާމަކޮށްހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުގުޅުން.

ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިންމު

2.ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ އަދި ގެއާއި ގޯތިތެރޭގައި ގިނަ އިރުއުޅޭ މަދިރިއަކަށް ވުމާއި. ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑި ތަކުގައި ލައްޕާފައި ބެހެއްޓުން.

3.ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން:

•ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށިޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން

•ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން

•ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަތަކެތި ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބެހެއްޓުން/ބަންދުކުރުން

•ޢާއްމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން.

•އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން، ނުވަތަ މަތިއެޅުން

ޑެންގީ ހުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަކީ ކޮބާ؟

ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރަށް، އެހެނިހެން ނުރައްކާތަކާ ކުރިމަތިވެއެވެ. ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީގެ ނުރައްކާ ބޮޑެވެ. މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ ފަރުވާ ނުފެށިއްޖެނަމަ، ފުރާނައަށް ނުރައްކާވުންވެސް އެކަށީގެންވެއެވެ.

ޑެންގީ ހުމުގެ އަލާމާތްތަކަކީ ކޮބާ؟

ކުޑަކަމު ދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތުކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައުން.

3 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ދިއުން ވަރަށް މުހިއްމެވެ.

 

ރިޕޯޓް: ޞިއްޙި ވުޒާރާ

 

މިއަދު އޮންލައިން