ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަން ނިންމައިފި

ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ، ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މި ގަވާއިދު ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ވާ ކަން ފާހަގަކުރައްވާ, އެކަންތަކަށް ރިޢާޔަތްކޮށް ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ޤާނޫނަކީ ޑިޕާޓްމަން އޮފް ޕަބްލިކް ހެލްތުގެ ޒަމާނުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދެކެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ބެލެނިވެރިކަމުގެ ޤާނޫނެއް ނެތި ހަދާފައިވާ ގަވާއިދުތައް އާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ތަންފީޒުކުރަން ފެށުނެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށެންދެން އަމަލުކުރަމުން ދިޔައީ މިގަވާއިދަށެވެ.

ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މިގަވައިދު ތަންފީޒުކުރުމަށްޓަކައި އަލުން އެ ޤާނޫނުގެ ދަށުން އެ ގަވާއިދު އެކުލަވައި ލެވުނެވެ. އަދި މިގޮތަށް އެކުލަވާލިއިރު ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދުގެ މައިގަނޑު ބައިތަކަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވިނަމަވެސް މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މި ގަވާއިދަށް ބަދަލުގެނެސްފައިވަނީ ފަންނީ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއެކުގައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން