އަހަރެމެންގެ އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަހަރެމެންގެ އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: ވަޒީރު

އަހަރެމެންގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.

އެކަމަނާ ދިވެހި މަސައްކަތްތެރިންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަހަރެމެންގެ ފަޚްރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.

"ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގައި، ތަޢުލީމީ ދާއިރާގައި ނުވަތަ އެހެނިހެން ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މިއަދަކީ ޚާއްޞަ ދުވަހެއް" ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.

ވަޒީރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ޚާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން