ފުރިހަމަކުރަންޖެހޭ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު މަރުގެ ޙުކުމް ތަންފީޒްކުރަން ތައްޔާރު!: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ފުރިހަމަކުރަންޖެހޭ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު މަރުގެ ޙުކުމް ތަންފީޒްކުރަން ތައްޔާރު!: ރައީސް

"މަރުގެ ޙުކުމް ތަންފީޒުކުރަން ޖެހިފައިވާ މީހުންގެ މައްސަލަތައް އަދިވެސް އިތުރަށް ސްޕްރީމް ކޯޓުން ބެލުމަށްފަހު، އަދި އަނެއް ފަރާތުގެ ޢާއިލާ އާއިއެކު އަދިވެސް އިތުރަށް މަޝްވަރާކުރުމަށްފަހު (ފުރިހަމަކުރަންޖެހޭ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު) މަރުގެ ޙުކުމް ތަންފީޒުކުރަން ސަރުކާރުން އޮތީ ތައްޔާރަށް" ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

ރައީސް ބަޔާންކޮށްދެއްވެވީ މަރުގެ ޙުކުމް ތަންފީޒުކުރަންވާނީ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކޮށްފައި ކަމެވެ. އެއިގެ ތެރޭގައި ޙުކުމާއިމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންވުމާއި އަދި ޙުކުމް ތަންފީޒުކުރަންޖެހޭ މީހާއަށް އަނެއް ފަރާތުގެ ޢާއިލާއިން މާފުނުދިނުން ހިމެނެއެވެ.

މިއަދު އޮންލައިން