އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ވަނީ ފޯރުކޮށްދެއްވާފައި: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ވަނީ ފޯރުކޮށްދެއްވާފައި: ރައީސް

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއްކަމަށްވާ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ނިޒާމުގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމްގެ ދަށުން މިހާތަނަށް 92 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާ ފޯރުކޮށްދިނުމަކީ ރައީސްގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ. އެގޮތުން މި ފަރުވާތައް އަމިއްލަ ޚަރަދުގައި ކުރުމަށް ދަތިވާ ފަރާތްތަކަށް ދަޢުލަތުގެ އެހީއަށް އެދި ހުޅަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން