ހާލުކިހިނެއް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ 14،337 ގޭބިސީއަކަށް ވަނީ ޒިޔާރަތްކޮށްފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހާލުކިހިނެއް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ 14،337 ގޭބިސީއަކަށް ވަނީ ޒިޔާރަތްކޮށްފަ: ރައީސް

ހާލުކިހިނެއް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 14،337 ގޭބިސީއަކަށް ޒިޔާރަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތު ބަލައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢެއްކަމަށް ވެސް ރައީސް ވަނީ އެ މަނިކުފާނުގެ ވާހަކަފުޅުގެތެރެއިން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ގޮތަށް އަމާޒުކުރެވިގެން ކުރިއަށްދާ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 16 އަތޮޅެއްގައި މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަނެ އެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން