ރައީސް މުޢިއްޒު އިސްލާމް ދީނަށް ދެއްވާ ސަމާލުކަން ދައްކަވައިދެއްވުމުން އިސްލާމީ ވަޒީރު ޑރ. ޝަހީމްގެ ތަޢްރީފް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރައީސް މުޢިއްޒު އިސްލާމް ދީނަށް ދެއްވާ ސަމާލުކަން ދައްކަވައިދެއްވުމުން އިސްލާމީ ވަޒީރު ޑރ. ޝަހީމްގެ ތަޢްރީފް-

ރައީސް ޑރ. މުއިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމެއް ކަމަށާއި މައުލޫމާތު ދެއްވުމާއި ޖަވާބު ދެއްވުމާއި ކެއްތެރިކަމާއި ސާބިތުކަމާއި ނޫސްވެރިންނާ ބެހެއްޓެވި ގާތްކަން ފެނިގެން ދިޔަ ތާރީޚީ ބައްދަލުވުމެއް ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފެށްޓެވީވެސް މިހާރު ކުރިއަށް ގެންދެވޭ ވަޤުފް ޢިމާރާތްތައް އެޅުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި އެކަމުން ލިބޭނެ ކުރިއެރުން ބަޔާންކުރައްވަމުންނެވެ. 

ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ. "އިސްލާމީ މަޝްރޫޢުތަކަށް ރައީސް ދެއްވާ އަހައްމިއްޔަތަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ. އިސްލާމީ ކަންތައްތަކާ ބެހޭވުޒާރާގެ މަސައްކަތްތަކުގެ ކާމިޔާބުގެ ސިއްރަކީ ﷲ ގެ ރަޙުމަތަށް ފަހު ރައީސް ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން. ވަކިން ޚާއްޞަކޮށް ކީރިތި ޤުރުއާންނަށް ޚާއްޞަ ވަޤުފެއް ޤާއިމު ކުރެއްވުމަށް ނިންމެވި ކަމީ ރާއްޖޭގެ ތާރީޚުގައި ރައީސަކު ނިންމެވި މިފަދަ ފުރަތަމަ ނިންމެވުން. ﷲ ހެޔޮ ޖަޒާ ދެއްވާށި. އާމީން. އިސްލާމިކް މިނިސްޓްރީގެ ނަމުގައި ރައީސަށް ތަހުނިޔާ ދަންނަވަން." 

ރައީސް ޑރ. މުޢިއްޒު ދީނުގެ ކަންކަމަށް ސަމާލުކަން ދެއްވަވާވަރު ބޮޑުވުމުން ދީނުގެ ޢަދާވާތްތެރިން އެމަނިކުފާނަށް ނަފްރަތުކޮށް އެމަނިކުފާނާއިމެދު ދޮގުވާހަކަތައް ފަތުރަމުން ގެންދާކަން އަންގައިދެނީ އެމީހުންގެ ހިތުގައި އިސްލާމް ދީނަށް އޮތް ނަފްރަތެވެ. އިސްލާމް ދީން ފަތުރައި ދީނަށް ނަޞްރުދޭން މަސައްކަތްކުރާ އަޅުންނަށް ﷲ ތަޢާލާ ނަޞްރުދެއްވަވާނެތެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން