އެމް.އައި.އެފް.ސީ އަކީ އިޤުތިޞާދު ސިންދަފާތުކޮށް، ދިގު މުއްދަތުގެ ތަނަވަސްކަން ޤާއިމްކުރުމުގެ ތަޞައްވުރު: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެމް.އައި.އެފް.ސީ އަކީ އިޤުތިޞާދު ސިންދަފާތުކޮށް، ދިގު މުއްދަތުގެ ތަނަވަސްކަން ޤާއިމްކުރުމުގެ ތަޞައްވުރު: މާލީ ވަޒީރު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އިން ރަމްޒުކޮށްދެނީ ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، ދުރު ރާސްތާގެ ތަނަވަސްކަން ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމް.އައި.އެފް.ސީގެ ބިންގާ މިއަދު އެޅިގެންދިއުމާ ގުޅިގެން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އާއެކު އެމް.އައި.އެފް.ސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ 8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިންމު މާލީ އަދި އީޖާދީ ހަބަކަށް ވެގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި މިއާއެކު، ފިންޓެކް، އޮފްޝޯ ބޭންކިން އަދި ޑިޖިޓަލް ވިޔަފާރިވެރިންގެ ޝައުޤުވެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްސް-ފްރީ އިނާޔަތްތަކާއި، ފެހި ހަކަތައާއި އެންމެ ޒަމާނީ ބިނާރާއެކު، އެމް.އައި.އެފް.ސީ ރަމްޒުކޮށްދެނީ އިޤުތިޞާދު ސިންދަފާތުކޮށް، ދުރު ރާސްތާގެ ތަނަވަސްކަން ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ކަމުގައެވެ.

ހުޅުމާލޭ އަރބަން އައިލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމް.އައި.އެފް.ސީގެ ރަމްޒީ ބިންގާ އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސަރުކާރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން