ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފި

ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފިއެވެ.

މި މަޝަވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބުރޫނާއީގެ ޞިއްހީ ދާއިރާގެ ޓޭކްނިކަލް އިބޭފުޅުންތަކަކާއި އެކު ކުރެވުނު މަޝްވަރާއަކަށް ފަހުގައެވެ. އެޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރ ގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި އެކު ބެއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި:

  • ޕްރައިމަރީ ހެލްތު ކެއަރ ގެ ޚިދުމަތް ހަރުދަނާ ކުރުން، ޚާއްޞަކޮށް އަރބަން ޕްރައިމަރީ ހެލްތުކެއަރ
  • ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީންކުރުން
  • ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްޤީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުން
  • މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދުން
  • ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް، އެކަމުގެ ޢިލްމާއި ތަޖުރިބާ ހއިްސާކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ( ޓޮބޭކޯ ސެޒޭޝަން ) ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން.

ބުރޫނާއީގެ ޓީމުން ވަނީ މާލޭގައި ޞިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި އަދި ރާއްޖޭގެ ހެލްތްކެއާ އިންފްރާސްޓްރަކްޗާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ވަނީ ބަލަފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން