ކޮންމެ ރަށެއްގައިވެސް ލަފާފުރޭނެ ގޮތްތައް ހަމަޖެހިފައި އޮންނަންޖެހޭ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ކޮންމެ ރަށެއްގައިވެސް ލަފާފުރޭނެ ގޮތްތައް ހަމަޖެހިފައި އޮންނަންޖެހޭ: ރައީސް

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ލަފާފުރޭނެ ގޮތްތައް ހަމަޖެހިފައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިގޮތުން މިހާރު ރާއްޖޭގެ 48 ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 28 ރަށެއްގައި ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.  މި މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވީ ޕްރެސް ފްރީޑަމް ޑޭގެ މުނާސަބަތުގައި މެއި މަހުގެ 3 ވަނަ ދުވަހު ބޭއްވުނު ތާރީޚީ ބައްދަލުވުމުގައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ލަފާފުރޭނެ ގޮތްތައް ހަމަޖެހިފައި އޮތުން. މިކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދަނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަންނަ އަހަރުތެރޭގައި އިތުރު 41 ރަށުގެ ބަނދަރު ހެދުން ޕްލޭންކުރެވިފައިވެއެވެ. މި މަޝްރޫޢުތަކުން ރަށްރަށުގެ އިޤްތިޞާދަށް ވެސް ފައިދާކުރާނެ ކަމަށާއި، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް މީގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން