ބަނދަރުގެ ޚިދުމަތްތައް ރަނގަޅުކޮށްދިނުމަށް ނެވިންނާއި އޮޑިވެރިން ސަރުކާރުގައި އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބަނދަރުގެ ޚިދުމަތްތައް ރަނގަޅުކޮށްދިނުމަށް ނެވިންނާއި އޮޑިވެރިން ސަރުކާރުގައި އެދިއްޖެ

މާލޭ ބަނދަރުގެ ޚިދުމަތްތައް ރަނގަޅުކޮށްދިނުމަށް އެދި، މާލެއަށް ދަތުރުކުރާ ބައެއް ބޯޓުފަހަރުގެ ނެވިންނާއި އޮޑިވެރިން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކޮށްފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ނެވިންނާއި އޮޑިވެރިން ވަނީ މާލޭ ބަނދަރު ބޭނުންކުރުމުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތައް މިނިސްޓަރާ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި، އުޅަނދުފަހަރު ތޮށިގަނޑާ ކައިރިނުކުރެވި ލަސްވާ މައްސަލައާއި، ބަނދަރުގައި އޮންނައިރު ފެނާއި ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ.

ބައްދަލުވުމުގައި ނެވިންނާއި އޮޑިވެރިން އެދިފައިވަނީ:

1. ބަނދަރުގައި އޮންނަ އުޅަނދުފަހަރަށް ކަރަންޓާއި ފެން މިހާރަށްވުރެ ފަސޭހަ އިންތިޒާމެއްގެ ދަށުން ލިބޭނެ ގޮތް ހަމަ�ެއްސުމަށް
2. ތެޔޮ އެޅޭނެ ގޮތް ހަމަޖެއްސުމަށް
3. އެއްގަމު ތޮށްޓާ ކައިރި ނުކުރެވި ކިޔޫގައި އޮންނަ މުއްދަތު މިހާރަށްވުރެ ކުރުކުރުމަށް

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވާ، އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާލޭ ބަނދަރުގެ ޚިދުމަތްތައް ރަނގަޅުކުރުމަކީ ސަރުކާރުގެ އިސްކަންދޭ ކަމެއް ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން