ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ފަސޭހައިން ލިބޭނެ މަގު ފަހިވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ފަސޭހައިން ލިބޭނެ މަގު ފަހިވެއްޖެ!

ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ހޯދުމަށް އިންޑިޔާގެ ކުންފުންޏަކާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން މި އެއްބަސްވުން އެކުލަވާލާފައިވަނީ އިންޑިޔާގެ ޞިއްޙީ އަދި ޢާއިލީ ދުޅަހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ހިންދުސްތާން ލަޓެކްސް ލައިފް ކެއަރ ލިމިޓެޑާ އެކުގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ގެންނަ ހުރިހާ ބޭހެއްވެސް ހުންނާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކާއި ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. 

މި އެއްބަސްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން