ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވޭ! އަމާޒަކީ މިދައުރުގަ ދައުރުގައި 1 ހާސް ޒުވާން ޚާޠީބުން ނެރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވޭ! އަމާޒަކީ މިދައުރުގަ ދައުރުގައި 1 ހާސް ޒުވާން ޚާޠީބުން ނެރުން!

އިސްލާމިކް މިނިސްޓްރީން ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހުޅުވައިލި ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި މާދަމާ އަށް މުއްދަތު ހަމަވާނެކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގި ފުރަމަ ބުރުގައި 250 ޒުވާން ޚާޠީބުން ނެރެފައިވާނެކަމަށެވެ. އަދި އަމާޒަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މި ދައުރުގައި 1 ހާސް ޒުވާން ޚާޠީބުން ނެރުއްވުން ކަމަށެވެ. 

ފުރަތަމަ ބުރުގައި ތަމްރީނުލިބި ފާސްވި ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުން މިހާރު ގެންދަނީ މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރުމުގެ އިތުރުން އިމާމްވެ ހުކުރުވެސް ކުރަމުންނެވެ. 

ގިނަ ޒުވާން ޚަޠީބުންގެ ނަމާދުކުރުމާއި ހުކުރުކުރުމަށް ގިނަ ބައަކު އަންނަނީ ތަޢްރީފްކުރަމުންނެވެ. ޒުވާން ޢުމުރުގައި އިމާމްވެ ނަމާދުކުރަން ފުރުޞަތު ލިބުމަކީ ބޮޑެތިވުމުން އިމާމުންނަށްވުމަށް ޝައުޤުވެރިވާ ކަމެކެވެ. 

ކޮރޯނާގެ ދުވަސްވަރު ރާއްޖޭގައި އޮތް އިސްލާމްދީނާއި ޢަދާވާތްތެރި ސަރުކާރުން މިސްކިތްތައް ފިޔަވައި އެހެން ހުރިހާ ތަނަކަށް ދިއުން ހުއްދަކޮށްފައި މިސްކިތްތައް ބަންދުކޮށްފައި ހުރި ދުވަސްތަކުގައި އެއީ ޝައިޠޯނާގެ އަމުރެއްކަމާއި އެއީ ބާޠިލް ޢަމުރެއްކަން ޤަބޫލުކޮށް ޖަމާޢަތުގައި ނަމާދުކުރި މިސްކިތްތަކުގައި ދަރިވަރުންގެ ގޮތުގައި ތިބެ އިމާމްވެ ނަމާދުކުރި ބައެއް ދަރިވަރުން ކިޔެވުން ނިންމައި މިހާރުވެސް ގެންދަނީ މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރަމުންނެވެ.

 

މިއަދު އޮންލައިން