ބިޔޮރޮކްރަސީގެ އުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބިޔޮރޮކްރަސީގެ އުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ވަޒީރު ސަޢީދު

ބިޔޮރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔޮރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް ނިންމަވައި، އެކަން ތަންފީޒުކުރަން "މޯލްޑިވްސް 2.0" ގެ ނަމުގައި ފައްޓަވާފައިވަނީ މުހިންމު ޤައުމީ މަސައްކަތްޕުޅެއް ކަމަށެވެ.

"2040 ވަނަ އަހަރު އަންނަންވާއިރު ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި އެމަނިކުފާނު ފައްޓަވާފައިވަނީ ވަރަށްވެސް ބޭނުންތެރި މަސައްކަތެއް," ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރުިތުރުން، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިޤްތިޞާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު އެ ޕޯސްޓުގައި ނިންމަވާލައްވާފައިވަނީ، މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުން ދީ މަރުޙަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން