ދުނިޔޭގެ ކުރިއެރުމުގެ ފަހަތުގައި ތިބީ މަންމައިން: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދުނިޔޭގެ ކުރިއެރުމުގެ ފަހަތުގައި ތިބީ މަންމައިން: ރައީސް ޑރ.މުޢިއްޒު

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާ ގުޅިގެން އިޖްތިމާޢީ ވިއުގަތަކުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ މަންމައިންގެ ދުވަހަކީ އެންމެ އަގުހުރި ޤުރުބާނީއާއި މައިވަންތަކަމުގެ ލޯބި ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.

"ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. "މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާ އެކު."

https://x.com/MMuizzu/status/1921414978503880726?s=08

ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަހަކީ މަންމައިންގެ ލޯބިއާއި ޤުރުބާނީ ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ޚާއްޞަކޮށްފައިވާ ދުވަހެކެވެ.

ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން ފާހަގަކޮށްލެވެނީ މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީގައި މަންމައިންގެ ދައުރު އިންތިހާއަށް މުހިންމުކަމެވެ. އަދި މަންމައިންގެ ހިތްވަރާއި ލޯތްބަކީ ކުދިންގެ ތަރުބިއްޔަތާއި މުޅި ޤައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ބިންގަލެއްކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން