ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން!: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން!: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިމޭރުމުން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މައިންގެ ދުވަހުގައި ސޯޝަލްމީޑިއާގައި ޢާންމުކުރެއްވި ޕޯސްޓެއްގައެވެ. 

"އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން" މެޑަމް ސާޖިދާވިދާޅުވެފައިވެއެވެ.

ދަރިއަކަށް ކޮންމެ ޢުމުރެއްގައިވެސް އެންމެ ބޮޑަށް ބޭނުންވާނީ މައިންގެ އޯގާތެރިކަމެވެ. އަދި ދަރިންނަށް އެންމެ ފައިދާކުރާނީވެސް މައިންގެ ހެޔޮދުޢާއިން ކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. ވީމާ މައިންނަށް ލޯބިދީ އަޅައިލުމަކީ ދަރިންނަށް އެންމެ ފައިދާކުރާނެ ކަންތަކެވެ. މައިންގެ ހިތްޙަލާލު ލިބުމަކީ ދަރިންގެ ކުރިއެރުމަށް އެންމެ ފައިދާހުރި ކަންތއްވެސްމެއެވެ.

 

މިއަދު އޮންލައިން