ފެނަކައާއި އާރުޑީސީއިން ކުރިއަށްގެންދާ މުޙިއްމު މަޝްރޫޢުތަކުގެ އަދާހަމަ މާލީ ވުޒާރާއާއި ހިއްސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފެނަކައާއި އާރުޑީސީއިން ކުރިއަށްގެންދާ މުޙިއްމު މަޝްރޫޢުތަކުގެ އަދާހަމަ މާލީ ވުޒާރާއާއި ހިއްސާކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު މާލީ ވުޒާރާއާ ހިއްސާކޮށްފިއެވެ.

އިއްޔެ މާލީ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައި، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރަށް، މިވަގުތު ކުންފުނިން ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވާފައެވެ. މި ބައްދަލުވުމުގައި އާރުޑީސީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެންނަން ރާވާފައިވާ ރިފޯމްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ހަމަ އެދުވަހު ބޭއްވުނު އެހެން ބައްދަލުވުމެއްގައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ނަޖާހު ވަނީ ވަޒީރު މޫސާ ޒަމީރަށް، ފެނަކައިން ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައިވެސް ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ގެންނަން ރޭވިފައިވާ ރިފޯމްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ދެ ބައްދަލުވުމުގައިވެސް ދެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ އިތުރުން އެ ކުންފުނިތަކުގެ އިސް އެހެން ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން