ގްރީން ހައުސްގައި މިރުސް، އަދި ކެޕްސިކަމް އިންދާ ހައްދާނެ ގޮތުގެ ފަންނީ ތަމްރީންތައް ށ. ނަރުދޫގައި ފަށައިފިއެވެ.
މިއީ މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށައިގެން ގެންދާ ސިލްސިލާ ތަމްރީންތަކެކެވެ.
މެޕުން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ރާއްޖެއަށް ތަޢާރަޕްކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެގޮތްތައް ދިވެހި ދަނޑުވެރިންނަށް ދަސްކޮށްދީ، ދަނދުވެރިކަމުން ނަފާ ހޯދާނެ ގޮތްތަކުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ.
ގްރީން ހައުސްތަކުގައި ގަސްތައް އިންދާ ހައްދާނެ ގޮތުގެ ތަމްރީންތައް މިހާރު 11 ރަށެއްގައި ކުރިޔަށް އެބަގެންދެއެވެ. އެރަށްތަކަކީ
- ހދ. މަކުނުދޫ
- ހދ. ނޭކުރެންދޫ
- ހދ. ނޮޅިވަރަމްފަރު
- ހދ. ވައިކަރަދޫ
- ހއ. ކެލާ
- ހއ. އުލިގަމު
- ހއ. މޮޅަދޫ
- ހއ. ފިއްލަދޫ
- ށ. ނަރުދޫ.
- ށ. ގޮއިދޫ
- ށ. ފޯކައިދޫ