އައިޔޫއެމްގެ "ރިވެލި 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
އައިޔޫއެމްގެ "ރިވެލި 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން "ރިވެލި 2025" ގެ ނަމުގައި، ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރަތަކީ ކޮންމެ އަހަރަކު ވެސް ދިރާސާކުރުމާއި ގުޅޭގޮތުން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ ރިވެލި މުބާރާތް ޚާއްސަކުރެވިފައިވަނީ ޒުވާން އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށެވެ. އެގޮތުން، މި މުބާރާތުގައި، ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ އެކި ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތާއި ބެހޭ އިތުރު މަޢުލުމާތު ހޯދުމަށާއި މުބާރާތުގައި، ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން