ކޮންމެ ބޭފުޅެއްް ނަމަވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ، އެރަށެއް އަނބުރާ އަތުލާނަން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކޮންމެ ބޭފުޅެއްް ނަމަވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ، އެރަށެއް އަނބުރާ އަތުލާނަން: ވަޒީރު

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް، އެރަށްތަށް ނަންގަވާ، ފަރާތްތަކުން އެއްބަސްވުމާއި ޚިލާފްވެއްޖެނަމަ، އެއީ ކޮންމެ ބޭފުޅެއްނަމަވެސް، އެރަށެއް އަނބުރާ އަތުލާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންމަަޖިލީހުގަައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖާވާބު އަރުވަމުން ވަޒީރު ވިދާޅުވީ، ފަލުރަށްތަކާއިމެދު ފިޔަވަޅު އަޅުއްވަނީ، އެރަށްތަށް ހިންގަވައިގޮޓް ބައްލަވައި މޮނީޓަރ ކުރެއްވުމަށްފަހުގައިކަމަށެވެ. އެގޮތުން މިވުޒާރާއިން މޮނީޓަރިން ދަތުރުތައް އެރަށްތަކަށްކޮށް، އެއްބަސްވުމާއި ޚިލާފުވާ ކަންކަން ފާހަގަކުރެވިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށެވެ.

"އަޅުގަނޑުމެން ވުޒާރާއިން ވަރަށް ގިނަ ރަށްތައް ވަަނީ ދަނޑުވެރިކަމަށް ދޫކުރެވިފައި. އެރަށްތައް އަޅުގނަޑުމެން މޮނީޓަރ ކުރަން އަހަަރަކު 2ފަހަރު، މި ގޮތަށް މޮނީޓަރ ކުރަމުންދާއިރު ރަނގަޅަށް މަސައްކަތް ކުރައްވަމުންދާ ރަށްތަކަށް އަޅުގަނޑުމެން އެބައިތުރުކޮށްދެން މުއްދަތު ދަނޑުވެރިކަން ކުރެއްވުމަށް، އެެހެންނަމަވެސް އެގްރިމެންޓާއި ޚިލާފްވާކަމަށް ވަންޏާ، އެއީ ކޮންމެ ބޭފުޅެއް ނަމަވެސް އަޅުގަނޑުމެން އެރަށެއް އަނބުރާ އަތުލާނަން" ވަޒީރު ޑރ. މާރިޔާ 

ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ވަކި ވުޒާރާއެއް މި ސަރުކާރުން ުފެއްދެވުމަކީ ދިވެހި ދަނޑުވެރިކަން އިތުރަށްކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވަވާ މިންވަރު ހާމަވެގެންދިޔަކަމެކެވެ. އަދި އެއާއިއެކު މި ވުޒާރާއިން އަންނަނީ ދަނދުވެރިންނާއި ވަރަށްގާތުން، މި ސިނާއަތް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

 

ހަބަރު: ސައުކާރު

 

މިއަދު އޮންލައިން