މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބެންހުރި 3 ވަނަ އަތޮޅަކަށް ނ އަތޮޅުވެގްނގޮސްފައިވާކަން އިޤްޠިޞާދީވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައިފިއެވެ.
މީގެދެމަހެއްހައި ދުވަސް ކުރިން ދ.އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމް ތަކަށް މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިކަމާއި އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް ކަމަށް ބީއެމްއެލްއިން ބުނެފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
2 މަސްދުވަސްތެރޭގައި 14 މިލިއަން ރުފިޔާގެ މުޢާމަލާތުކޮށްފައިވުމުން ކުރީގެ ސަރުކާރުތަކުން ރަށްތަކުގައި އޭޓީއެމް ގެ ޚިދުމަތް ދޭންފަށާއި ނުވަނީ ރަށްތަކުގައި ރަށްތަކަށް އޭޓީއެމްގެ ޚިދުމަތް ބޭނުންނުވާތީއާއި ކުރަންޖެހޭ މުޢާމަލާތު ނެތުމުން ނޫންކަން އެނގިގެންދެައެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ:
މިއަދުންފެށިގެން ނ. އަތޮޅުގައި މީހުންދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ލިބިގެންދިޔައީ. ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޭޓީއެމް އަދި ބޭންކިންގެ ޚިދުމަތް ނ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮއްދެއްވުމުގެ ވަޢުދުފުދިގެންދިޔައީ. ހަމައެއާއިއެކު ހއ.އަތޮޅާއި ދ.އަތޮޅުގެވެސް މީހުންދިރިއުޅޭ ކޮންމެރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތްލިބިންހުއްނާނެ.
މިއީ ރަޢީސް ޑރ. މުޢިއްޒުރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެރަށެއްގައި މިޚިދުމަތްދިނުމަށް ވެވަޑައިގެންނެވި ވަޢުދު. ބީއެމްއެލްއިން މަޢުލޫމާތުލިބިފައިވާގޮތުގައި މީގެދެމަހެއްހާ ދުވަސް ކުރިން ދ.އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމް ތަކަށް މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައި. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް.