އުތީމު ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އުތީމު ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މަޝްވަރާކޮށްފި

ހއ. އުތީމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ހއ. އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ކުރެއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި، އުތީމުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަވާއިރު، އުތީމަކީ މިހާރަށްވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ކައުންސިލް އިދާރާ އާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވެސް ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ.

އަދިމި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ ބައިވެރިވެލެއްވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން