މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގސް އިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ Caa2 ގައި ދަމަހައްޓައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީޒްއިން 08 މެއި 2025 ވަނަ ދުވަހު ބޭއްވި ރޭޓިންގ ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދު ރަނގަޅުވަމުން އައިސްފައިވައިކަމާށާއި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ފުރުޞަތުތައް ރަނގަޅުކަމެވެ.

މީގެ އިތުރުން، އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކުރައްވާ، މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ.

މޫޑީޒްއިން ދެކޭ ގޮތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. މިއާއެކު އެމެރިކާގެ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަޤީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިންގ ހޯދުމަށް ހުރި ގޮންޖެހުންތައްވެސް މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

މޫޑީޒް އިން ރޭޓިންގ ދަމަހައްޓަން ނިންމާފައިވާއިރު، ދިވެހިރާއްޖެއިން ދަނީ ދައްކަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންނެވެ. އެގޮތުން، ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް މިއަހަރުގެ މާރިޗް މަހު އަނބުރާ ވަނީ ދައްކާފައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން