ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި މާލެ ވޯޓަރ އެންޑް ސޫއަރިޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަށް ޙައްލުކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، އެންސީއެސްގެ ފަރާތުން ވަނީ ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަށް ޙައްލުކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކޮއްފައެވެ. އެގޮތުން، އެމްޑަބްލިޔުއެސްސީގެ އެކި މަސައްކަތްތަށް ކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މިހާރު ތިބި މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށް، ޓިވެޓް ތަމްރީނު ޕްރޮގްރާމްތަށް ފޯރުކޮއްދިނުމަށް ދެ އިދާރާ އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ.
ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް)ގެ ފަރާތުން ބައްވާ މިފަދަ ބައްދަލުވުންތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ބޭނުންވާ ޤާބިލް މުވައްޒަފުން ހޯދުމާއި ވަޒީފާ ހޯދާ ފަރާތްތަކާއި ފަޒީފާދޭ ފަރާތްތަށް ގުޅުވުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތަކެކެވެ.
ހަބަރު: ސަރުކާރު