ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސް ގޮވާލައްވައިފި

އިޒްރޭލުން ފަލަސްޠީނުގެ ކުށެއްނެތް ޢާންމުންނަށް އަމާޒުކޮށް، ފަލަަސްޠީނުގެ ނަސްލު ނައްތާލުމަށް ކެނޑިނޭޅި ދެމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރައްވައި، އެކަން ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މި ޙަމަލާތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުކަށި ފިޔަވަޅު އަޅައި، ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބާރުއެޅުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާއި އެއްގޮތަށް، ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅައި، އިޒްރޭލުން ހިންގަމުންދާ މި ނުބައި ޢަމަލުތަކަަށް، އެޤައުމު ޖަވާބުދާރީކުރުުވަން ޖެހޭނެކަން އެމަނިކުފާނުގެ ޕޯސްޓުގައި ތަކުރާރުކުރައްވާފައިވެއެވެ.

މިއަދު އޮންލައިން