ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއިން، އޮޑިޓަރުންނަށް ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއިން، އޮޑިޓަރުންނަށް ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީއިން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްއާ ގުޅިގެން ކުރިއަށް ގެންދާ ސީ.ޕީޑީ ޕްރޮގްރާމްގެ ތެރެއިން، އިންޓަރނަލް އޮޑިޓަރުންނަށް ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ނަންގަވާދެއްވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ކުއަންޓިޓީ ސާވޭޔަރ އަލްފާޟިލް ބައްސާމް ރަޝީދުއެވެ. މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޕްރީ ކޮންޓެރެކްޓް މަރުހަލާތައް (އިނީޝިއޭޝަން، ޓެންޑަރިންގ، އިވެލުއޭޝަން، އަދި އެވޯޑްކުރުމުގެ މަރުހަލާތައް) ކުރިއަށްގެންދާ ގޮތާއި ސްޓޭންޑަޑް ބިލްޑިންގ ކޮންޓްރެކްޓްތަކުގައި ހިމެނޭނެ ބައިތަކާއި ފިޑިކް އަދި އެހެނިހެން ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކުގައި ހިމެނޭ މުހިންމު މާއްދާތަކާއި ކޮންޓްރެކްޓް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ކޮންޓްރެކްޓްގެ ދަށުންދެވޭ ނޯޓިސްތައް އަދި ރެކޯޑް ބަލަހައްޓާނެ ގޮތުގެ މައްޗަށެވެ.

މީގެ އިތުރުންވެސް، ދައުލަތުގެ އެހެނިހެން ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދާއިރު ދިމާވާ ގޮންޖެހުންތަކާއި އިންޓަރނަލް އޮޑިޓަރުން ސަމާލުކަންދޭންޖެހޭ ކަންކަން ބައިވެރިންނަށް ޙިއްޞާކޮށްފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން