ގިނަ ޖަނާޒާތަކެއްގަ ބައިވެރިވެ ޚިދުމަތްކުރެއްވި މުޙައްމަދު ނަޢީމް ނިޔާވެއްޖެ! ޖަނާޒާ މިރޭގެ ފަތިސްނަމާދަށްފަހު!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ގިނަ ޖަނާޒާތަކެއްގަ ބައިވެރިވެ ޚިދުމަތްކުރެއްވި މުޙައްމަދު ނަޢީމް ނިޔާވެއްޖެ! ޖަނާޒާ މިރޭގެ ފަތިސްނަމާދަށްފަހު!

މުޙައްމަދު ނަޢީމް (ފަހާ ނަޢީމް) ނިޔާވެއްޖެއެވެ. ޖަނާޒާ އޮންނާނީ މިރޭގެ ފަތިސްނަމާދަށްފަހު މއ. އާސަހަރާ މިސްކިތުގައެވެ. 

މުޙައްމަދު ނަޢީމް (ފަހާ ނަޢީމް) ގިނަ ބައަކަށް އެނގިފައި އޮންނާނީ ސަތަރި ނަޢީމްގެ ނަމުންނެވެ. އެއީ ސަތަރި ފަހައި އެފަދަ މަސައްކަތްތައް އަމިއްލައަށްވެސް ގިނަދުވަސްތަކެއްވަންދެން ކުރީތީއެވެ. 

އެންމެންގެ އެކުވެރި ނަޢީމަކީ އާދައިގެ ބޭކަލެއް ނޫނެވެ. ކޮންމެ ދަންވަރަކު މީހަކު ނިޔާވިޔަސް ސަހަރާއަށް ދުރުވެ ކޮށްދެއްވެން އޮތް ކޮންމެ މަސައްކަތެއް ކޮށްދެއްވައި ގިނަ ބައެއްގެ ޖަނާޒާތަކުގައި ބައިވެރިވެލެއްވި ބޭކަލެކެވެ. ކިރިޔާވެސް ފުރުޞަތެއް ލިބިލައްވައިފިނަމަ ސަންދޯއް އުފުލުމުގައިވެސް ބައިވެރިވެލެއްވި ބޭކަލެކެވެ. 

މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

 

މިއަދު އޮންލައިން