އެނަރޖީ ޑްރިންކްތަކާ ހަކުރު ގިނަ ބުއިންތަކުން ލިބެނީ މުޅިން ގެއްލުން! ކޮފީންކުރާ ފައިދާ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެނަރޖީ ޑްރިންކްތަކާ ހަކުރު ގިނަ ބުއިންތަކުން ލިބެނީ މުޅިން ގެއްލުން! ކޮފީންކުރާ ފައިދާ މާބޮޑު!

ކޮފީބޯ ބައެއް މީހުންވެސް ހަކުރު ގިނަ ބުއިންތަކާއި ގިނަ ބުއިންތައް ބޭނުންކުރެއެވެ. އަދި ކޮފީއަށްވުރެ ގިނައިން ބޭނުންކުރެވެނީ ހަކުރު ގިނަ ބުއިންތަކާއި އެނަރޖީ ޑްރިންކަތައްކަންވެސް ފާހަގަކުރެވެއެވެ. 

ދިރާސާތަކުން ފެންނަ ގޮތުގައި ކޮފީ އަކީ އަވަހަށް މުސްކުޅިވާ ބަލިންނާ، ޑައިބެޓިސް 2 އަދި ފުރަމޭގެ ބަލިތަކުންވެސް ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް ހަކުރުގިނަ ބުއިންތަކާ އެނަރޖީ ޑްރިންކްތަކުން ކުރާ އެއްވެސް ފައިދާއެއް ނެތްއިރު ހަކުރު ބައްޔަށް މަގުފަހިކޮށްދެއެވެ. ކޮލޮސްޓަރޯލް ލެވެލް މަތިކޮށްދެއެވެ. 

ކޮފީބޯއިރުވެސް ވީހާ މަދުން ހަކުރު ބޭނުންކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެންމެ ފައިދާހުރި ގޮތަކީ ހަކުރު ބޭނުންނުކޮށް ކިރުން ކޮފީގެ ރަހަމަޑުކުރުވައިގެން ބުއިމެވެ. އެގޮތުން އެންމެ ރަނގަޅީވެސް ހަކުރުނާޅާހުންނަ ދިޔާކިރެވެ. 

ހަކުރު ބޭނުންކުރުނަ މަދުކުރަންވީ ހަކުރުބަލި ޖެހުމަކުން ނޫނެވެ. ޑޮކްޓަރުން އިންޒާރުދިނުމަކުން ނޫނެވެ. އެންމެ ފައިދާހުރިގޮތަކީ ބަލިތަކުން ސަލާމަތްވެވިގެން ހުރެވުމެވެ. ޑޮކްޓަރުންގެ އިންޒާރު ނުލިބޭނެ ގޮތަށް އުޅުމެވެ. 

ކިތަންމެ ބަލައިގެން އުޅުނަސް ބައްޔެއް ޖެހިދާނެއެވެ. ބަލިޖެހެން މަގުފަހިވާނެ ކަންކަން އެނގޭއިރުވެސް އެކަންކަމަށް ސަމާލުކލަން ނުދީ ފަރުވާ ކުޑަކުރުމުން ބަލިޖެހުމަކީ މުޅިންތަފާތު ކަމެކެވެ. އެމީހެއްގެ ޞިއްޙަތަށް ފަރުވާތެރިވެވޭނީ އެމީހަކަށެވެ. ފައިދާކުރާނީ އެމީހަކު އެކަމަާް ސަމާލުކަންދިނުމުންނެވެ. 

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން