ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާއްމު ސިއްޙަތު ކުރިއަރުވުމާއި ހޭލުންތެރިކުރުމުގެ މަސައްކަތަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާއްމު ސިއްޙަތު ކުރިއަރުވުމާއި ހޭލުންތެރިކުރުމުގެ މަސައްކަތަށް: ރައީސް

ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާއްމު ސިއްޙަތު ކުރިއަރުވުމާއި ހޭލުންތެރިކުރުމުގެ މަސައްކަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖެނެރޭޝަން ބޭން ގެނައުމަށް، ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީޤުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދުންފަތުން ޑިއުޓީ ބޮޑުކުރީ ދަޢުލަތުގެ އާމްދަނީ އިތުރުކުރުމަށް ނޫންކަމަށެވެ. އަދި އެއީ އާމްދަނީއެއް ދަޢުލަތަށް ހޯދަން ބޭނުންވާވެސް ދާއިރާއެއް ނޫންކަމަށް ވިދާޅުވިއެވެ.

"ދުންފަތުން އާމްދަނީއެއް ނުވިއްޔާ ރަނގަޅީ. ނުވިސްނަން އާމްދަނީ ހޯދާކަން. ލިބޭ އާމްދަނީވެސް ހޭދަކުރާނީ އާއްމު ސިއްޙަތި ކުރިއެރުވުމުން. ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް. އެއްކޮށް މަނާ ނުކުރާހާ ހިނދަކު ލިބޭ އެއްޗެއް އެއީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުންފަތް އެއްކޮށް މަނާ ނުކުރާހާ ހިނދަކު، ވިޔަފާރިއަށް އެތެރެކުރާނަމަ އެ އާމްދަނީ ދަޢުލަތަށް ވަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އާމްދަނީ ސަރުކާރުން ހޭދަކުރާނީ، އާއްމު ސިއްޙަތު ކުރިއަރުވުމާއި ހޭލުންތެރިކުރުމުގެ މަސައްކަތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖެނެރޭޝަން ބޭންގެ އިސްލާހަށް 1 ނޮވެމްބަރުގައި ޢަމަލުކުރަން ފަށާއިރު، އެކަމަށް ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތަކީ ހޭލުންތެރިކަން އިތުރުކުރުންކަމަށާއި، ތަންފީޒީ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން