ވަޒީރުން ޢައްޔަނު ކުރެއްވީ ރައީސް! ރުހުންދޭން ޖެހޭނެ! މަސްއޫލިއްޔަތު އަދާ ނުކުރެވިއްޖެނަމަ އިތުބާރުނެތްކަމަށް ނިންމައި ވަކިކުރާނީ!: ޢަބްދުﷲ ރިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ވަޒީރުން ޢައްޔަނު ކުރެއްވީ ރައީސް! ރުހުންދޭން ޖެހޭނެ! މަސްއޫލިއްޔަތު އަދާ ނުކުރެވިއްޖެނަމަ އިތުބާރުނެތްކަމަށް ނިންމައި ވަކިކުރާނީ!: ޢަބްދުﷲ ރިޔާޟް

ވަޒީރަކަށް ޢައްޔަނު ކުރަނީ އެ މަޤާމު އަދާކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤަބޫލުފުޅު ކުރައްވާ ބޭފުޅުން ކަމަށްވުމުން ޤާނޫނު އަސާސީގައި ބަޔާންކުރާ ވަޒީރެއްގެ ޝަރުޠު ހަމަވާނަމަ އެބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް ވިދާޅުވީ މަޤާމަށް ޢައްޔަނުކުރާ ފަހުން މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމަގެ ވޯޓު ނަގައި މަޤާމުން ދުރުކުރެވިދާނެ ކަމަށެވެ. ރިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ވަޒީރުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަނުކުރައްވާފައިވާ ބައެއް ވަޒީރުންނާއި ދެކޮޅަށް ބައެއް ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ކެންޕޭނު ކުރަމުންނެވެ. ބައެއް ޓީވީ ޗެނެލްތަކުންވެސް ގެންދަނީ ކެންޕޭނުކުރަމުންނެވެ

މިއަދު އޮންލައިން