ކްލިނިކަލް ޓްރައިލްތަކުގައި ލޫމިޕަލްސް ލޭގެ ޓެސްޓުން އަލްޒައިމާ ބައްޔާ ގުޅިފައިވާ ސިކުނޑީގެ ޕްލެކްސްތައް ދެނެގަތުމަށް ވަރަށް ޞައްޙަ ކަމަށް ކަނޑައަޅައި އެޓެސްޓަށް ބަރޯސާވެ ފަރުވާދޭން އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބެން މަގުފަހިވެއްޖެއެވެ.
އަލްޒައިމާ ބައްޔަކީ ސިކުނޑީގެ ހަނދާނާއި ވިސްނުމާއި އުނގެނުމާއި އިންތިޒާމުކުރުމުގެ ހުނަރުތައް ތަންފީޒުކުރަން މަޑުމަޑުން ގެއްލުންދޭ ބައްޔެކެވެ. އެއީ ޑިމެންޝިއާ ޖެހުމަށް މެދުވެރިވާ އެންމެ އާންމު ސަބަބެވެ. އާންމުކޮށް އަލާމާތްތައް އެންމެ ފުރަތަމަ ފެންނަނީ 65 އަހަރުން މަތީގެ މީހުންގެ ކިބައިންނެވެ.
ޑިމެންޝިއާ އަކީ ސިންޑްރޯމް އެއް ކަމުގައި ވާއިރު، މާނައަކީ އަލާމާތްތައް އެއްކޮށްފައިވާ ސިންޑްރޯމެއް ކަމަށާއި، އޭގެ ސިފައަކީ ހަނދާނާއި ވިސްނުމާއި ވިސްނުން ހިމެނޭ ގޮތަށް ކޮގްނިޓިވް ފަންކްޝަން ދަށްވުމެވެ. އެއީ އެންމެ ބައްޔެއް ނޫން ނަމަވެސް ސިކުނޑިއަށް އަސަރުކޮށް، ވިސްނުމުގެ ގާބިލްކަމާއި ދުވަހުން ދުވަހަށް ދިރިއުޅުމުގެ ހަރަކާތްތައް މަޑުމަޑުން ދަށްވާ ހާލަތްތަކުގެ ގްރޫޕެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ގިނައިން ޑިމެންޝިއާ ދިމާވާއިރު، ކޮންމެ އުމުރެއްގައި ވެސް ޑިމެންޝިއާ ޖެހިދާނެ އެވެ. އުމުރުން ދުވަސްވާ ކޮންމެ މީހަކަށް ވެސް ޑިމެންޝިއާ ނުޖެހިދާނެވެސްމެއެވެ.
ލޭގެ ޓެސްޓަކުން މިބަލި ދެނެގަނެވޭނެ ގޮތް ހަމަޖެހިގެން ދިއުމުން ބަލި ގެނެގަތުން ވަރަށް ބޮޑުތަން އިތުރަށް ފަސޭހަވެ ގިނަ ބައަކަށް އެކަމުގެ ފަރުވާ އަވަހަށް ލިބުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ބަލި ދެނެގަތުމަށް ކުރަންޖެހޭ ހޭދަތައްވެސް ކުޑަވެގެންދާނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު