މަތިވެރިން އެންމެ ފުރަތަމަ ޤުރުއާން ހިތު ދަސްކުރި ޙާފިޒު، އިބްރާހީމް މުޠީޢު މުޙައްމަދަށް ހިތްވަރުދިނުމުގެ ގޮތުން މިނިސްޓަރ ޑރ.ޝަހީމް ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މަތިވެރިން އެންމެ ފުރަތަމަ ޤުރުއާން ހިތު ދަސްކުރި ޙާފިޒު، އިބްރާހީމް މުޠީޢު މުޙައްމަދަށް ހިތްވަރުދިނުމުގެ ގޮތުން މިނިސްޓަރ ޑރ.ޝަހީމް ބައްދަލުކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ މަތިވެރިން އެންމެ ފުރަތަމަ ޤުރުއާން ހިތު ދަސްކުރި ޙާފިޒު، އިބްރާހީމް މުޠީޢު މުޙައްމަދު (13 އަހަރު) އާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ އިބްރާހީމް މުޠީޢު މުޙައްމަދު ޤުރުއާން ހިތު ދަސްކޮށް ނިންމައި، އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވެ، ފާހަގަކޮށްލެވޭ ނަތީޖާއެއް ޙާޞިލްކޮށްފައިވާތީ، އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވުނު ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި އިބްރާހީމް މުޠީޢު މުޙައްމަދުގެ މަންމައާއި ބައްޕަ އަދި އާއިލާގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ ޑރ. ޝަހީމް މި ބައްދަލުކުރެއްވުމުގައި މަތިވެރި ކައުންސިލަށާއި ރައްޔިތުންނަށް އަދި އިބްރާހީމް މުޠީޢު މުޙައްމަދުގެ މުދައްރިސުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ޅަ އުމުރުގައި ޤުރުއާން ހިތު ދަސްކޮށް މިފަދަ ކާމިޔާބީއެއް ހޯދުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އިބްރާހީމް މުޠީޢު މުޙައްމަދުގެ މި ކާމިޔާބީއަކީ މަތިވެރި ރަށަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. އަދި ޤުރުއާން ހިތު ދަސްކުރުމުގެ ދާއިރާއިން މަތިވެރިން ފުރަތަމަ ފަހަރަށް ޙާފިޒެއް އުފެދުމަކީ އެރަށުގެ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން