ރައީސް ޑރ.މުއިއްޒުގެ ސިޔާސަތަކީ ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރެއްވުން: އިޤްތިޞާދީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރައީސް ޑރ.މުއިއްޒުގެ ސިޔާސަތަކީ ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރެއްވުން: އިޤްތިޞާދީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރެއްވުން ކަމަށް ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އެކްސްޕޯ 2025" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އަދި ދިވެހިރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްއިރު، ކްރިއޭޓިވް އިކޮނޮމީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި މެއިންސްޓްރީމް ކުރެވޭ ނުވަތަ ދިވެހި ދައުލަތް ދަންނަ ބަޔަކަށް ހަދަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ފަހަރަށް އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަކުރެވިފައިވާ ސަރަހައްދެއް ހުރުމަކީ ރާއްޖޭގައި މި ސިނާއަތް ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ މިންވަރު ހާމަވާކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް އިތުރުވެފައިވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިޔަން އެމެރިކާ ޑޮލަރުގައި މިއަދު ހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިޔަން ގައި ހުރި އުފެއްދުންތެރިކަން،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މިކަމުން އެނގެނީ ރައީސް މުއިއްޒުގެ ސަރުކާރުން ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުވެ، އުފެއްދުންތެރިކަން ކުރިއަރަމުންދާކަމެވެ.

މިއަދު އޮންލައިން