ނަރުދޫ އާއި ފޯކައިދޫ އަދި ފީވަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނަރުދޫ އާއި ފޯކައިދޫ އަދި ފީވަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ އާއި ފޯކައިދޫ އަދި ފީވަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

ނަރުދޫ އާއި ފޯކައިދޫ އަދި ފީވަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަލަށް ޤާއިމުކުރެވުނު އޭޓީއެމްތަކަކީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްތަކެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ބައެކެވެ. މި ބުރުގައި އަތޮޅުގެ 10 ރަށެއްގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ލިބެން ހުންނާނެއެވެ.

މި ޚިދުމަތް ފެށުމުން ރަށު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ލަފާކުރެވެއެވެ.

މިއަދު އޮންލައިން