ހައްޖުވެރިންގެ ދަތުރުފަތުރު ތަރުތީބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން މުހިންމު: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 42ސ
ހައްޖުވެރިންގެ ދަތުރުފަތުރު ތަރުތީބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން މުހިންމު: ފުލުހުން

ހައްޖުވެރިންގެ ދަތުރުފަތުރު ތަރުތީބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބަސް ރޫޓް - 1 (އަމީނީ މަގު)

10:30- ނޫސަންދަ ބަސް ސްޓޮޕް

10:35- މީރާ ބަސް ސްޓޮޕް

10:40- ސްޓެލްކޯ ބަސް ސްޓޮޕް

ބަސް ރޫޓް - 2 (މަޖީދީ މަގު)

10:30- ސޯޝަލް ސެންޓަރު ބަސް ސްޓޮޕް

10:35- ކަލަބޭންކް ބަސް ސްޓޮޕް

10:40- ވިލާ މާރޓް ބަސް ސްޓޮޕް

10:45- ޒިކުރާ މިސްކިތް ބަސް ސްޓޮޕް

10:50- މާލޭ ގްރޭންޑް ބަސް ސްޓޮޕް

10:55- ސިޓީ ކައުންސިލް ޕާކިން ބަސް ސްޓޮޕް

11:00- ހީނާމާގެ ޕާކިން ބަސް ސްޓޮޕް

11:05- ދަމަނަވެށި ބަސް ސްޓޮޕް

ބަސް ރޫޓް - 3 (އޯކިޑު މަގު)

10:30- ގަޑި ބުރު ބަސް ސްޓޮޕް

10:35- ވެމްކޯ ޝޯރޫމް ބަސް ސްޓޮޕް

ބަސް ރޫޓް - 1 ( ހުޅުމާލެ ފޭސް 1)

10:30- އެން 2 ބަސް ސްޓޮޕް 5

10:40- އެން 2 ބަސް ސްޓޮޕް 6

10:55- ސިފްކޯ ހިޔާ ބަސް ސްޓޮޕް

ބަސް ރޫޓް - 2 ( ހުޅުމާލެ ފޭސް 2)

10:30- ފޭސް 2 ބަސް ސްޓޮޕް 1 ހިޔާ 12

10:40- ފޭސް 2 ބަސް ސްޓޮޕް 2 ހިޔާ 16

10:45- ފޭސް 2 ބަސް ސްޓޮޕް ހިޔާ 9

10:50- ވިނަރެސް 4

10:55- އެމްޕީއެލް ބަސް ސްޓޮޕް

11:00- އެސްޓީއޯ ބަސް ސްޓޮޕް

11:10- ރެއިންކްރެސްޓް

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހައްޖުވެރިންގެ ބަސް ދަތުރުތައް ޗާޓުގައި ފާހަގަކުރެވިފައިވާ މަގުތަކުގައި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން، އެ ވަގުތުތަކުގައި ދަތުރުފަތުރު ކުރައްވާ އެންމެހައި ފަރާތްތަކުން، މި މަގުތަކުގެ ދަތުރުފަތުރަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، މަގު ބަންދުވުމާއި ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިން މިމަހުގެ 26، 27، 29 އަދި 30ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މި ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އަދި އެއާޕޯޓުން ފުރާ އެހެން މީހުންވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެ ދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުުރުން ހައްޖުވެރިންނާއެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން