ރިވައިޒްކުރި މާސްޓަރ ޕްލޭންއާއެކު ހުޅުމާލޭގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ: މައުރޫފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރިވައިޒްކުރި މާސްޓަރ ޕްލޭންއާއެކު ހުޅުމާލޭގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ: މައުރޫފް

ރިވައިޒްކުރި މާސްޓަރ ޕްލޭންއާއެކު ހުޅުމާލޭގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ އެންމެ ރަނގަޅަށް ނުހިފޭތީކަން ވަނީ ފާހަގަކުރައްވާފައެވެ.

"ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮންޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރަކީ އެރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ," މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އިއްޒަތްތެރި ރައީސް އިރުޝާދު ދެއްވިގޮތަށް ބިންވެރިޔާ ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތަށް ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރުމުގެ މަސައްކަތް. މިހާރު ރިވައިޒްޑް މާސްޓަރ ޕްލޭންގެ ހޯލް މަފްހޫމަކީ އެއީ."

މި މާސްޓަރ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި ޕަބްލިކް ކޮންސަލްޓޭޝަންއެއްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އޭގެފަހުން މާސްޓަރ ޕްލޭން ފައިނަލްކޮށް ޑޮކިއުމަންޓް ކުރެވިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މި ރިވައިޒްކުރެވޭ މާސްޓަރ ޕްލޭންއިން ހުޅުމާލޭގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން