ސެމްސަންގ ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ސެމްސަންގ ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ފަށައިފި

ސެމްސަންގް ވެއަރަބަލްސްގެ ޚިދުމަތް އުރީދޫއިން ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގައި ސެމްސަންގ ގަޑިއަށް މި ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. މިއީ ކަސްޓަމަރުންނަށް ސްމާޓްވޮޗުން ސީދާ ގުޅާލެވުމުގެ ފުރުސަތު ފަހިކޮށްދީ، ފޯނު ކައިރީގައި ނެތް ވަގުތު ތަކުގައިވެސް ކަނެކްޓޤ ވެފައި ހުރުން ޔަގީންކޮށްދޭ ޚިދުމަތެކެވެ. މި ހިދުމަތް ލިބިގެންދާނީ ރާއްޖެ ސަރަހައްދަށް ބޭނުންކުރެވޭ ސެމްސަންގް ވޮޗް އަލްޓްރާ 7 އެލްޓީއީ ޑިވައިސްތަކަށެވެ. 

މި އިނޮވޭޓިވް ޓެކްނޮލޮޖީއާއެކު ފޯނު ކޯލް ކުރުމާއި ޓެކްސްޓް މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން ސެމްސަންގް ސްމާޓްވޮޗުން މީހުން ބޭނުންވާ އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ އެވެ. އީސިމް ކެޕޭބިލިޓީގެ ސަބަބުން ފަސޭހަކަމާއެކު ކަނެކްޓިވިޓީ ލިބި، ބޭނުންކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަކަން ލިބިގެންދެއެވެ.

އުރީދޫގައި، އާންމު ދިރިއުޅުން ކުރިއަރުވައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިސްނުމަށް އެހީތެރިވެދޭ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. ސެމްސަންގް އީސިމް ވެއާބަލްސް ތައާރަފްކުރުމަކީ ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ސިއްހަތު މޮނިޓާކޮށް، އެމީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކަމާއި މިނިވަންކަމާ އެކު ބެލެހެއްޓުމަށް ބާރުއެޅުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް- ހަމާދީ.

ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ "ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ. އުރީދޫ މޯލްޑިވްސްއާއި ގުޅިގެން އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކަށް އީސިމް ގެ ފަންކްޝަނަލިޓީ ތަޢާރަފްކޮށް، ފޯނު ބޭނުންނުކޮށް، ކޮންމެ ތަނަކަށް ވިޔަސް، ގުޅާލެވިގެން ތިބެވޭނެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ލޯންޗުން ދައްކުވައިދެނީ ޑިޖިޓަލް ލައިފްސްޓައިލް ޕްރޮމޯޓްކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް މުހިންމު އިނޮވޭޝަންތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ އަހައްމިއްޔަތުކަން." 

ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ހިދުމަތަށް ނަގާނެ އެވެ

މިއަދު އޮންލައިން