އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ ’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ ޕްރޮގްރާމް- ބަލިމީހުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ޕްރޮގްރާމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ ’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ ޕްރޮގްރާމް- ބަލިމީހުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ޕްރޮގްރާމެއް!

އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ’އޮންކޮލޮޖީ ނަރސަސް އެކްސެލެންސް‘ (ONE) ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށްފައެވެ. މި ޕްރޮގްރާމް ފަށްޓަވާފައިވަނީ 17 އޭޕްރީލް 2025 ގައެވެ. މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ.  

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެސްޓީއޯގެ މައިގަނޑު މަގުސަދަކީ  މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުމެވެ.

ONE ޕްރޮގްރާމްގެ މަޤުޞަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ދައުރު ފާހަގަކޮށް، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ. މި ޕްރިގްރާމް މިހާރުވަނީ ދިވެހިރާއްޖޭގައި ކެންސާރ ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮއްގެން ކުރިއަށް ގެންގޮސްފައެވެ. 

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު 4 ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި މީގެ ކުރީ ސެޝަނަށްވުރެ އިތުރު 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފައެވެ.

އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.“ ޕްރޮގްރާމް އާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވެއް ވިދާޅުވެފައިވެއެވެ.



އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ.  

އެޑިޓަރުގެ ނޯޓް:

އެސްޓީއޯއަކީ ހަމައެކަނި ބޭސް އެތެރެކޮށް ވިއްކާ ކޮންފުންޏެއްގެ ގޮތުގައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. ޞިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒިފުން ތަމްރީނުކުރަން އެސްޓީއޯ އިން ގެންދަަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީވެސް މިސިލްސިލާއަށް އިތުރުކުރެވިގެންދާ އިތުރު ބޮޅެކެވެ.

މިއަދު އޮންލައިން