މިފްސާއަށް ސީ.އީ.އޯ އަކު ހޯދަން އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިފްސާއަށް ސީ.އީ.އޯ އަކު ހޯދަން އިޢުލާންކޮށްފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) އަށް ޗީފް ފައިނޭންޝަލް އޮފިސަރ (ސީއީއޯ) އަކު ހޯދަން އިޢުލާންކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ 5-10 އަހަރުގެ މުއްދަތަށް ކަމަށެވެ.

ސީއީއޯ ކަމަށް ކުރިމަތިލާ ފަރާތަކީ މަޤާމާ ގުޅުންހުރި ދާއިރާތަކުން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއެކު، ޤާނޫނީ، އިކޮނޮމިކްސް، އެކައުންޓިންގ ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި އެ ފަރާތަކީ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންވާނެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު 57،000ރ. ލިބޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތަކާއެކު 1 ޖޫން 2025 ގެ 10:00ގެ ނިޔަލަށް ހުށަހަޅަންވާނެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ 13 މާރިޗު 2025 ގައެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން