މާލެ ސެންޓަރ ޕޮއިންޓު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން މާލެ ސެންޓަރ ޕޮއިންޓު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ މަޤްޞަދަކީ މާލޭ ސެންޓަރ ޕޮއިންޓް (އެމްސީޕީ) ތަރައްޤީކުރުމަށް ބޭނުންވާ ކޮމްޕްރިހެންސިވް ސަރވޭއެއް ކުރުމާއި، މާސްޓަރ ޕްލޭން ހެދުމާއި، ޑިޒައިން ކޮންސެޕްޓް އެކުލަވާލުމާއި، އަދި ބޭނުންވާ ޓެކޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމެވެ.
މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ އަންނަނިވި ކަންތައްތަކަށެވެ.
• 15 އަހަރު ދުވަހުގެ ޖެނެރަލް އެކްސްޕީރއަންސް
• މިފަދަ މަސައްކަތްތަކުގައި މަދުވެގެން 10 އަހަރު ދުވަހުގެ ޚާއްޞަ ތަޖުރިބާ ލިބިފައިވުން.
• އެކްސްޕަރޓްސް ހުރިކަން އެނގެން އޮތުން
ޝޯޓްލިސްޓް ކުރުމުގެ މިމަރުހަލާގައި ކީ އެކްސްޕާޓްސްގެ ބައި އިވެލުއޭޓް ކުރުމަށް ހަމަޖެހިފައި ނުވެއެވެ.
ކޮންސަލްޓަންޓުން އެހެން ފާމްތަކާ ގުޅިގެން އެ ފަރާތްތަކުގެ ކޮލިފިކޭޝަން އިތުރުކުރެވިދާނެއެވެ. ނަމަވެސް އެ އެސޯސިއޭޝަނަކީ ޖޮއިންޓް ވެންޗާއެއްކަން ނުވަތަ ސަބް ކޮންސަލްޓެންސީއެއްކަން ސާފުކޮށް އަންގައިދޭން ޖެހޭނެއެވެ. ޖޮއިންޓް ވެންޗާއެއް ނަމަ، މުޅި ކޮންޓްރެކްޓުގެ ޒިންމާ އުފުލަން ޖެހޭނީ ޖޮއިންޓް ވެންޗާގެ ހުރިހާ ޕާޓްނަރުން ގުޅިގެންނެވެ.
ކޮންސަލްޓަންޓެއް ހޮވާނީ ޕްރޮކިއުމަންޓް ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަންވާނީ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމެނޭހެންނެވެ.
މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މާލީ ވުޒާރާގެ ވެބްސައިޓް www.finance.gov.mv އިން 7 މޭ 2025ވާ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވަންވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349117, +960 3349106, +960 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
ހަބަރު: ސަރުކާރު