ޢީދާ ގުޅިގެން ބަންދުވާނީ ކަލަންޑަރުގައި ކަނޑައަޅާފައިވާ 4 ދުވަސް: ހީނާ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ޢީދާ ގުޅިގެން ބަންދުވާނީ ކަލަންޑަރުގައި ކަނޑައަޅާފައިވާ 4 ދުވަސް: ހީނާ

މިއަހަރުގެ އަޟްހާ ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ 4 ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކަލަންޑަރުގައިވާގޮތަށް ޙައްޖު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ.

ކަލަންޑލަންޑަރުގައިވާ ގޮތުން ޙައްޖު ދުވަހަކީ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހެވެ. އެހެންކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.

މީގެއިތުރުން، ސަރުކާރުން ވަނީ މި ފަހަރު ގައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ނިންމަވާފައެވެ. އެއީ، ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެ އަތޮޅު ގުރައިދޫ، އަދި ހައްދުންމަތީ ގަމެވެ.   

 

 

މިއަދު އޮންލައިން