ޢަލީ އިޙްޞާން ފިރާޤް
މަތިން އަރާބަލި ނުވަތަ ޖޭސްޓްރޯ އީސޯފޭޖިއަލް ރިފްލަކްސް ޑިޒީޒްއަކީ ބަނޑުގައި ހުންނަ އެސިޑް ކާތަކެތި ދަތުރު ކުރާ ހޮޅިން މައްޗަށް އެރުމެވެ. މީގެ ސަބަބުން މޭއެންދުމާއި މެއިން ދިލަނެގުންފަދަ މައްސަލަތަށް ކުރިމަތިވެއެވެ. މި ބަލި ތަހައްމަލު ކުރަމުން ގެންދާ ފަރާތަކަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން އުނދަގޫތައް ލުއިކޮށްލެވިދާނެއެވެ.
އެގޮތުން ކާ ގަޑިތަކުގައި އެއްފަހަރާ މާގިނައިން ކެއުމުގެ ބަދަލުގައި މަދުމަދުން ލަސްލަހުން ކެވިދާނެއެވެ. އަދި ކެއުމުގައި ހަވާދުގެ ބާވަތްތަކާއި ކުޅިކޮށްފައި ހުންނަ ކެއުންތަކާއި ތެޔޮ އެކުލެވޭ ކާބޯތަކެތި މަދުކުރަން ޖެހެއެވެ. އެނާޖީ ޑްރިންކްސް, ފިޒީޑްރިންކްސްއަކީވެސް މަތިންއަރާބަލި އިތުރަށް ގޯސް ކުރާ އެއްޗެކެވެ. ހަމައެހެންމެ ހުތްމޭވާ ލުނބޯ އޮރެންޖު އަދި ޓޮމާޓޯފަދަ ބާވަތްތައް ބޭނުން ކުރުމުން ދުރުވާނެޖެހޭނެއެވެ. ބައެއް މީހުންނަށް ކޮފީ އަދި ޗޮކްލެޓް ކެއުމުންވެސް މިބަލީގެ އުނދަގޫ އިތުރަށް ގޯސްވެއެވެ.
އެންމެ ރަނގަޅީ ނިދުމުގެ 2-3 ގަޑިއިރު ކުރީން ކެއުމެވެ. ކައިގެން އޮށޯތުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. ބަނޑަށް ބަރުވާ ކަސްރަތުތައް ކުރުންވެސް ރަނގަޅެއް ނޫނެވެ. ޑޮކްޓަރު ދޭ ބޭހާއެކު މިދެންނެވި އާދަތަކަށް ސަމާލުވުމުން މިބަލި ތަހަންމަލު ކުރަމުން ގެންދާ މީހުންނަށް ލުޔެއް ލިބޭނެއެވެ.