މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ 22 ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ 22 ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން މިއަދު އިޢުލާނުކުރި ގޮތުގައި، މިސްރުގެ ޝަހީރު އަލްއަޒްހަރު ޔުނިވާސިޓީގައި މަތީ ތަޢުލީމު ހާސިލުކުރުމަށް 22 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކުގެ ދަށުން، ދެ މައިގަނޑު ދާއިރާއަކުން ކިޔެވުމުގެ ފމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު އަދި ބެޗެލަރސް އޮފް ސައިންޓިފިކް/ ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތު ހިމެނެއެވެ.

މަތީ ތަޢުލީމާއިބެހޭ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ. އަދި ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 ކަމުގައި ވުޒާރާއިން ބުނެފައިވެއެވެ.

އަލްއަޒްހަރު ޔުނިވާސިޓީއަކީ އިސްލާމީ ތަޢުލީމާއި ޢަރަބި ބަހުގެ ދިރާސާތަކަށް މަޝްހޫރު، ދުނިޔޭގެ އެންމެ ޤަދީމީ ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީއެވެ. މި ފުރުސަތުތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މަތީ ފެންވަރުގެ އިސްލާމީ އަދި ސައިންޓިފިކް ތަޢުލީމެއް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސްކޮލާޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މަތީ ތަޢުލީމާއިބެހޭ ވުޒާރާގެ ވެބްސައިޓަށް ނުވަތަ އެ ވުޒާރާގެ ކަމާބެހޭ ބަޔަށް ގުޅުމަށް އެދިފައިވެއެވެ.

މިއަދު އޮންލައިން